ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)471-PIDS3/1/2019/124
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 1627
ސުންގަޑި: 04 ސެޕްޓެންބަރު 2019 1200
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތު - އެސިސްޓަންޓް ޕްރޮޖެކްޓް ކޯޑިނޭޓާރ

މޯލްޑިވްސް އާރބަން ޑިވެލޮޕްމަންޓް އެންޑް ރެސިލިއެންސް ޕްރޮޖެކްޓް 

އެސިސްޓަންޓް ޕްރޮޖެކްޓް ކޯޑިނޭޓާރ

ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތު

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވޯލްޑް ބޭންކްގެ އެހީގައި ދަށުން ކުރިއަށްގެންދާ " މޯލްޑިވްސް އާރބަން ޑިވެލޮޕްމަންޓް އެންޑް ރެސިލިއެންސް ޕްރޮޖެކްޓް" މަޝްރޫޢުގެ މަސައްކަތްތައް ކޯޑިނޭޓްކުރުމަށް އެސިސްޓަންޓް ޕްރޮޖެކްޓް ކޯޑިނޭޓާރއެއް ހޯދުމަށް ބޭނުންވެއެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމުގެ ގޮތުން، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މައުލޫމާތު، މިފަދަ މަޝްރޫޢުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ، ތައުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މައުލޫމާތު ހިމެނޭ ވަނަވަރު ހުށައަޅަންވާނެއެވެ.

މުއްދަތު: 24 މަސް

މުސާރަ ރޭންޖް: 17,550 – 24,030 ދިވެހިރުފިޔާ

ޝައުޤުވެރިވާ ފަރާތްތަކުން 4 ސެޕްޓެމްބަރ 2019 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީމަގު، މާފަންނު، މާލެ 20392، ދިވެހިރާއްޖެ.

އީމެއިލް: tenders@planning.gov.mv

މި މަޝްރޫޢުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މަތީގައިވާ އީމެއިލް އެޑްރެހަށް އީ މެއިލް ކުރެއްވުން އެދެމެވެ.

2019-08-21