ދިވެހިރާއްޖެ
މަސްވެރިކަމުގެ ދާއިރާގައި ބޭނުންކުރާ އުޅަނދެއް ރެޓްރޮފިޓް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކެއް ހޯދުމާއިބެހޭ
މަސްވެރިކަމުގެ ދާއިރާގެ އުޅަނދުތަކުގައި ފިނިކުރުމަށް ބޭނުންކުރާ ގޭސްތައް ގްލޯބަލް ވާރމިން ޕޮޓެންޝިއަލް ދަށް ގޭހަށް ބަދަލުކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކެއް ހޯދުމަށް ކުރެވުނު IUL)438-ENV/438/2019/215) އިޢްލާން އަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ، މިކަމަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ތިރީގައިވާ މަޢުލޫމާތު 27 އޮގަސްޓް 2019 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން ހުށަހެޅުއްވުމުގެ ދަޢުވަތު އަލުން ހުޅުވާލަމެވެ.
- ކުންފުނީގެ އެކި އިކްއިޕްމަންޓްތަކުގައި ބޭނުންކުރާ ގޭހުގެ ބާވަތާއި މިންވަރު
- ގޭސް ބަދަލުކުރުމަށް ކަނޑައަޅާ އުޅަނދާއި ބެހޭ މަޢުލޫމާތު (ބޭނުންކުރާ ގޭސް، އުޅަނދު ބޭނުންކުރާތާ ވީ އަހަރު)
- ގޭސް ބަދަލުކުރުމަށް ހިނގާނެ ޚަރަދު
މިމަސައްކަތުގެ "ޓާރމްސް އޮފް ރެފަރެންސް" މިނިސްޓްރީގެ ވެބްސައިޓު www.environment.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ފޯން: 3018300
ފެކްސް: 3018301
ވެބްސައިޓް: www.environment.gov.mv