ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-CMCR/468/2019/128
ޕަބްލިޝްކުރި ތާރީޚް: 31 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 08:17
ސުންގަޑި: 08 އޮގަސްޓް 2019 14:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތްހޯދުން

ފުވައްމުލަކު ހޯދަޑު ވައިފިލާގެއަށް ވަންނަން އޮތް މަގުގެ ވާތް ފަރާތުގައި އޮތް ހުސްބިމުގައި ހުރި ނަންބަރ 01 ޖަހާފައިވާ ރުކުގެ މިލްކުވެރި ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިރުކުގެ މިލްކުވެރި ފަރާތެއް ވާނަމަ 08 އޯގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން އެރުކަކީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ ކަމާއިބެހޭ ފަރާތުގެ ހުއްދައާއިއެކު އިންދާފައިވާ ރުކެއްކަން އެނގޭނެ ލިއުމަކާއިއެކު މިއިދާރާގެ ސިޓީ މެއިންޓެނަންސް ޔުނިޓަށް  (ކުރީގެ ރަށުއޮފީސް އިމާރާތް) ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ، މި މުއްދަތުގެ ތެރޭގައި މިރުކުގެ މިލްކުވެރިކަމާ މެދު އެއްވެސް ފަރާތެއްގެ ދައުވާއެއް މިޔުނިޓަށް  ލިޔުމުން ހުށަ ނައަޅުއްވާފިނަމަ، ޤާނޫނާއި ގަވާއިދުގެ ދަށުން މިރުއް ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ.

31 ޖުލައި 2019