ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-U01/468/2019/51
ޕަބްލިޝްކުރި ތާރީޚް: 31 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 1145
ސުންގަޑި: 07 ޖުލައި 2019 1030
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެސިލިޓޭޓިންގ ޑިޕާޓްމަންޓްގެ (ކުރީގެ ރަށު ކައުންސިލް އިދާރާތައް ހިންގި ޢިމާރާތް) ސެކިއުރިޓީ ބެލެހެއްޓުމާއިބެހޭ

ފުވައްމުލައް ސިޓީ ކައުންސިލްގެ ފެސިލިޓޭޓިންގ ޑިޕާޓްމަންޓްގެ  )ކުރީގެ ރަށު ކައުންސިލް އިދާރާތައް ހިންގި ޢިމާރާތް) ސެކިއުރިޓީ އެއް އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

       މި މަސައްކަތުގެ "މައުލޫމާތު ޝީޓު" 01 އޯގަސްޓް 2019 އިން 06 އޯގަސްޓް 2019 އަށް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން ނުވަތަ އީމެއިލް މެދުވެރިކޮށް މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، މައުލޫމާތު ޝީޓްގައި ދެވިފައިވާ މިންގަނޑުތަކަށެވެ.

 

ބީލަން ހުޅުވުން

 

      ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ  07 އޯގަސްޓް 2019 ވާ ބުދަ ދުވަހުގެ 10:30 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 

 އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

 

ފުވައްމުލަކު ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

އީމެއިލް: procurement@Fuvahmulah.gov.mv

 

2019-07-31