ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)327-A/327/2019/134
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 04 އޮގަސްޓް 2019 14:00
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

މަޤާމް:

ޕްރޮޖެކްޓް އޮފިސަރ

މަޤާމު ނަންބަރު:

J-229181

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަގާމުގެ ރޭންކް:

އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ ޅ.ނައިފަރު (އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސޯސަލް ސާރވިސް ޔުނިޓް)

މުސާރަ:

މަހަކު 6295.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސް މަހަކު 900.00 ރުފިޔާ ނުވަތަ ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަވާ މުވައްޒަފުންނަށް، މުވައްޒަފު އަދާކުރާ މަގާމުގެ އަސާސީ މުސާރައިގެ %28 ގެ އެލަވަންސެއް "ޓެކްނިކަލް ކޯ އެލަވަންސް" ގެ ނަމުގައި ހަމަޖެއްސޭނެ
  2. ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ރަށުގައި މިހާރު ހިންގަމުންގެދާ ރަށުގެ ތަރައްޤީ އާއި ގުޅޭ އެކި މަޝްރޫއުތައް މޮނިޓަރކުރުމާއި މޮނިޓަރިންގ ރިޕޯރޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • ރަށުގައި ކުރިޔަށްދާ ޕްރޮޖެކްޓްތަކުގެ މޮނިޓަރިންގ ޝެޑިއުލް ތައްޔާރުކޮށް ޝެޑިއުލްއާއި އެއްގޮތަށް ބައްދަލުވުންތައް ކުރިޔަށްގެންދިއުން
  • ރަށުގައި ހިންގާ ތަރައްޤީގެ މަޝްރޫއުތައް ހުއްޓިފައި ވާނަމަ ކައުންސިލްގެ ސަމާލުކަމަށް އެކަން ގެނެސް ކައުންސިލުން އަންގާ ގޮތެއްގެމަތިން ކަމާގުޅޭ ފަރާތްތަކަށް ރިޕޯޓް ކުރުން
  • ރަށުގައި ކުރިޔަށްގެންދާ ޕްރޮޖެކްޓްތަކާއި ގުޅިގެން ފުރިހަމަކުރާ އާކިޓެކްޗަރ ކުރެހުންތަކާއި ގުޅޭ މަސައްކަތްތަކާއި، އެފަދަ ކުރެހުންތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް (އޮޓޯކެޑްގެ މަސައްކަތްތައް ކުރުން)
  • ރަށުގެ ރައްޔިތުންގެ ލާބަޔާ މަންފާއަށް ތަފާތު ޕްރޮޖެކްޓްތައް ރާވާ ހިންގުން
  • ކަމާބެހޭ މިނިސްޓްރީތަކުން ރަށުފެންވަރުގައި ހިންގުމަށް ހަމަޖައްސާ ޕްރޮޖެކްޓްތަކާއި އިވެންޓްތައް ދިރާސާކޮށް ރާވާ ހިންގުން
  • އަތޮޅު ކައުންސިލުން ރަށުކައުންސިލްތަކަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ތަރައްޤީގެ އެންމެހައި ޕްރޮގްރާމްތަކެއް ބަލައި ދިރާސާކޮށް އެފަރާތުން ދޫކުރާ އެހީތަށް ހޯދުމަށް މަސައްކަތްކުރުން
  • ކުޅިވަރުކުޅޭ ދަނޑު ތަކުގައާއި އިޖުތިމާއީ މަރުކަޒުތަކުގައި މަރާމާތުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ތައް ދިރާސާކޮށް މަރާމާތުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުން
  • ހަވާލުކުރެވޭ ވަކިހާއްސަ މަސައްކަތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތު އަދާކުރުން
  • ބޭރުގެ އެހީދޭ ޤައުމުތަކާ ޖަމާޢަތްތަކާ ދިވެހި ސަރުކާރާ ގުޅިގެން ރަށުގައި ހިންގާ ސަރުކާރާ ރައްޔިތުންގެ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭ ގޮތުން ކައުންސިލުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  • ޔުނިޓުން ކުރާ އެހެނިހެން މަސައްކަތުގައި އެހީތެރިވެދިނުން
  • ކައުންސިލް އިދާރާގެ އަދި ޔުނިޓްގެ މަސައްކަތުގެ ތެރެއިން ޚާއްސަ ހާލަތުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން

މަގާމުގެ ޝަރުތައް

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް ފަދަ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން

މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގުތައް

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  2. ބިޒްނަސް މެނޭޖްމަންޓް
  3. ޕްރޮޖެކްޓް މެނޭޖްމަންޓް (ޓެކްނިކަލް ކޯ އެލަވަންސް ލިބޭ ޑިސިޕްލިން)

ގުޅޭ ވަޒީފާގެ ދާއިރާތައް

  1. ޕްރޮޖެކްޓް މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް.

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގިތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ). މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ). މަތީ ތައިލީމު ދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ. 
  3. މަސައްކަތު ތަޖުރިބާ ލިޔުންތަކުގެ ކޮޕީ.

(ހ). ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ). އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމާއި ތަމްރީން

40%

އިމްތިޙާން

5%

މަސައްކަތު ތަޖުރިބާ

15%

ލިބިފައިވާ ހުނަރު

40%

ނޯޓް: މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕްއިންޓްގެ ޖުމަލް %45 (ސާޅީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޮގަސްޓް 4 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް   [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2019 އޮގަސްޓް 18 އިން 2019 އޮގަސްޓް 29 އާ ދެމެދު، ފާދިއްޕޮޅު ނައިފަރު ކައުންސިލް އިދާރާގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620340 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

21 ޖުލައި 2019