ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LID/468/2019/120
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 1344
ސުންގަޑި: 23 ޖުލައި 2019 1100
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ލޯކަލް މާރުކޭޓުގެ ގޮޅިތައް ކުއްޔައް ދޫކުރުމާގުޅޭ

 ފުވައްމުލައް ލޯކަލް މާރުކޭޓްގެ ގޮޅިތައް ކުއްޔަށް ދޫކުރުމަށްޓަކައި ކުރެވުނު އިޢުލާން (ނަންބަރު:(IUL)468-LID/INDIV/2019/54  ) ބާތިލުކޮށް މާރުކޭޓްގެ ތިރީގައި މިވާ ނަންބަރު ގޮޅިތަކަށް ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ވަނީ ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައެވެ.

ޒޯން

ގޮޅި ނަންބަރ

ގޮޅިއެއް ކުއްޔަށް ދޫކުރާއަގު

A

1،2،6 އަދި 7

500 ރުފިޔާ

B

8

450 ރުފިޔާ

C

4،5،9  އަދި 10

400 ރުފިޔާ

ގޮޅިއަށް ކުރިމަތިލުމުގެ ޝަރުތު

1-    ފުވައްމުލަކު ރަށްވެއްސަކަށްވުން.

2-    އުމުރުން 70 އަހަރުވެފައިވާ މީހަކަށްނުވުން

3-    ގޮޅި ލިބޭ ފަރާތުގެ އަނބި/އަދި ފިރިމީހާގެ ނަމުގައި އެއްވެސް ވިޔަފާރިއެއް ކުރާ ފަރާތަކަށް ނުވުން.

4-    ޝަރުއީ އެއްވެސް ހުކުމަކީއި ގުޅިގެން އެއްވެސްކަހަލަ ބަންދެއްގައިވާ މީހަކަމުގައި ނުވުން

5-    ޝަރުއީ ހުކުމަކާއި ގުޅިގެން، ހުކުމް ތަންފީޒުކޮށްފައިވާނަމަ އެހުކުން ތަންފީޛުކޮށް ނިމުމަށްފަހު މިލާދީގޮތުން 3 (ތިނެއް) މަސްދުވަސް ވުން.

6-    ގޮޅިއަށް ކުރިމަތިލާ ފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި އޮޑިދޯނި ނުވަތަ 4 ފުރޮޅުލީ އުޅނދުފަހަރެއް ރަޖިސްޓްރީ ކުރެވިފައި ނުވުން.

7-    ދަނޑުވެރިއަކަށްވުން ނުވަތަ ދަނޑުވެރިކަމުގެ ވިޔަފާރިކުރާ ފަރާތަކަށްވުން

ވީމާ މިގޮޅިތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން  23 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 11:00 އަށް ފުވައްމުލަކު ސިޓީކައުންސިލް އިދާރާގެ ލޭންޑް އެންޑް ބިލްޑިންގ ސެކްޝަން (ކުރީގެ މާދަޑު ކައުންސިލް) ގެ މީޓިންގ ރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 29 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ސިޓީ އަކުން ބޭނުންވާ ގޮޅީގެ ނަންބަރު ޖައްސަވާފައި ހުށަހެޅުއްވުން އެދެމެވެ.

ކޮންމެ ސިޓީ އަކުން ހުށެހެޅޭނީ 1 ގޮޅިއަށެވެ. އެއް ގޮޅިއަށްވުރެ އިތުރަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ވަކިވަކި ސިޓީ އިން ހުށަހެޅެއްވުންއެދެމެވެ. އަދި އެއްގޮޅިއަކަށް އެއްފަރާތަށްވުރެ ގިނަ ފަރާތުން ހުށަހަޅާފައިވާނަމަ ގޮޅިތައް ދޫކުރާނީ ގުރުވަތުންނެވެ.

އިތުރުމަޢުލޫމާތު ބޭނުންވެލައްވާނަމަ ނަންބަރު 6860041 ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

2019-07-16