ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LID/INDIV/2019/54
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 0846
ސުންގަޑި: 22 ޖުލައި 2019 1100
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ލޯކަލް މާރުކޭޓުގެ ގޮޅިތައް ކުއްޔައް ދޫކުރުމާގުޅޭ

 ފުވައްމުލައް ލޯކަލް މާރުކޭޓްގެ ގޮޅިތައް ކުއްޔަށް ދޫކުރުމަށްޓަކައި މާރުކޭޓްގެ ތިރީގައި މިވާ ނަންބަރު ގޮޅިތަކަށް ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ވަނީ ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައެވެ.

ގޮޅި ނަންބަރ

ގޮޅިއެއް ކުއްޔަށް ދޫކުރާއަގު

1 އިން 10 އަށް

400 ރުފިޔާ

ގޮޅިއަށް ކުރިމަތިލުމުގެ ޝަރުތު

1-    ފުވައްމުލަކު ރަށްވެއްސަކަށްވުން.

2-    އުމުރުން 65 އަހަރު ވެފައިވާ މީހަކު ކަމުގައި ނުވުން.

3-    ގޮޅި ލިބޭ ފަރާތުގެ އަނބި/އަދި ފިރިމީހާގެ ނަމުގައި އެއްވެސް ވިޔަފާރިއެއް ކުރާ ފަރާތަކަށް ނުވުން.

4-    ސަރުކާރުގެ ނުވަތަ ކުންފުންޏެއްގެ އަދި އަމިއްލަ މީހެއްގެ ވަޒީފާ އެއްގައި އުޅޭ މީހެއްކަމުގައި ނުވުން.

5-    ޝަރުއީ ހުކުމާއި ގުޅިގެން އެއްވެސް ކަހަލަ ބަންދެއްގައި ހުރި މީހަކު ކަމުގައި ނުވުން.

6-    ގޮޅިއަށް ކުރިމަތިލާ ފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި އޮޑިދޯނި ނުވަތަ 4 ފުރޮޅުލީ އުޅނދުފަހަރެއް ރަޖިސްޓްރީ ކުރެވިފައި ނުވުން.

ވީމާ މިގޮޅިތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން  22 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 11:00 އަށް ފުވައްމުލަކު ސިޓީކައުންސިލް އިދާރާގެ ލޭންޑް އެންޑް ބިލްޑިންގ ސެކްޝަން (ކުރީގެ މާދަޑު ކައުންސިލް) ގެ މީޓިންގ ރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 28 ޖުލައި 2019 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ސިޓީ އަކުން ބޭނުންވާ ގޮޅީގެ ނަންބަރު ޖައްސަވާފައި ހުށަހެޅުއްވުން އެދެމެވެ.

ކޮންމެ ސިޓީ އަކުން ހުށެހެޅޭނީ 1 ގޮޅިއަށެވެ. އެއް ގޮޅިއަށްވުރެ އިތުރަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ވަކިވަކި ސިޓީ އިން ހުށަހެޅެއްވުންއެދެމެވެ. އަދި އެއްގޮޅިއަކަށް އެއްފަރާތަށްވުރެ ގިނަ ފަރާތުން ހުށަހަޅާފައިވާނަމަ ގޮޅިތައް ދޫކުރާނީ ގުރުވަތުންނެވެ.

އިތުރުމަޢުލޫމާތު ބޭނުންވެލައްވާނަމަ ނަންބަރު 6860041 ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

2019-07-15