މަސައްކަތް
ނަންބަރު: (IUL)23-AP/23/2019/214
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 15:30
ސުންގަޑި: 28 ޖުލައި 2019 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގާ ހޮސްޕިޓަލް އަދި ހެލްތު ސެންޓަރުތަކަށް ބޭނުންވާ 49 ބްލަޑް ބޭންކް ރެފްރިޖިރޭޓަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގާ ހޮސްޕިޓަލް އަދި ހެލްތު ސެންޓަރުތަކަށް ބޭނުންވާ  49 ބްލަޑް ބޭންކް ރެފްރިޖިރޭޓަރ  ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 15 ޖުލައި 2019 ވާ ހޯމަ ދުވަހުން ފެށިގެން 21 ޖުލައި 2019 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރ ވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 22 ޖުލައި 2019 ވާ ހޯމަ ދުވަހު ހެނދުނު 10:30 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ.  

 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 28 ޖުލައި 2019 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

 

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 22 ޖުލައި 2019 ވާ ހޯމަ ދުވަހު ހެނދުނު 10:30 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

11  ޒުލްގައިދާ 1440

 

14 ޖުލައި 2019