ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)113-HRD/1/2019/90
ޕަބްލިޝްކުރި ތާރީޚް: 11 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 1544
ސުންގަޑި: 18 ޖުލައި 2019 1530
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :އިންޓަރނަލް އޮޑިޓަރ
ބޭނުންވާ އަދަދު :1

މުސާރަ:

-/7500 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/6000 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

-/6000ރ - -/7500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

-އެކައުންޓިންގ، އޮޑިޓިންގ، ފައިނޭންސް ނުވަތަ ގުޅުންހުރި ދާއިރާއަކުން އެޑްވާން ޑިޕްލޮމާ ހާޞިލްކޮށްފައިވުން.

ނުވަތަ

-އެއްފެންވަރެއްގެ ކޮލިފިކޭޝަނެއް ހާޞިލް ކޮށްފަިވުން.         

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

-އޮޑިޓް ވޯކް ޕްލޭން ތައްޔާރު ކުރަން ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެހީތެރިވެދިނުން.

-ވޯކްޕްލޭނާއި އެއްގޮތުން ފީލްޑް އޮޑިޓް އަދިޑެސްކް އޮޑިޓްގެ މަސައްކަތްކުރުން.

ޑިޕާޓްމަންޓްގެ ޔައުމިއްޔާ، އަހަރީ ރިޕޯޓް އަދި މިފަދަ އެހެނިހެން އިދާރީ ރިޕޯޓްތައް ތައްޔާރުކުރުން.

ހިސާބުތައް އަހަރުން އަހަރަށް އޮޑިޓްކުރުން.

ކުންފުނީގެ ބަޖެޓްގައި ހިމަނައިގެން ހިންގާ ޕްރޮޖެކްޓްތަކާއި، ޕްރޮގްރާމްތައް އަދި އެހެނިހެން
 
ބޮޑެތި މަޝްޢޫރުތަކުގެ ތެރެއިން އިންޓަރނަލް އޮޑިޓްގެ އަހަރީ މަސައްކަތުގެ ޕްލޭންގައި ހިމެނޭ ކަންކަން ކުރުން.

އޮޑިޓް ޓީމް މެމްބަރުންގެ މަސައްކަތުގެ އިރުޝާދު ދިނުން.

-އޮޑިޓް މެތޮޑޮލޮޖީ ތަރައްޤީކުރުމަށް ދިރާސާކުރުން.

-އޮޑިޓް ވޯކް ޕްލޭން ތައްޔާރުކުރަން ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެހީތެރިވެދިނުމާއި އެކުލަވާލުން

ވޯކްޕްލޭނާއި އެއްގޮތަށް ފީލްޑް އޮޑިޓް އަދި ޑެސްކް އޮޑިޓް މަސައްކަތްތައް ކުރުން..

-އޮޑިޓަރުންގެ ފައިލްތައް ރިވިއުކުރުން..

-އޮޑިޓްކުރުމަށް ކުރެވުނު މަސައްކަތުގެ މައްޗަށް ބިނާކޮށް އޮޑިޓް ރިޕޯޓް ޑްރާފްޓްކުރުން..  

މަސައްކަތް ކުރަންޖެހޭ ވަގުތު:

 ދުވާލަކު 08 ގަޑިއިރު

މަސައްކަތް ކުރަންޖެހޭ ތަން :

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް / އިންޓަރނަލް އޮޑިޓް ޑިޕާޓްމަންޓް

ވަޒީފާތަކަން އެދި ހުށައަޅަންޖެހޭ ތަކެތި:

މަޤާމަށް އެދިހުށައަޅާ ފޯމް

ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއެކު ވަޒީފާގައި އުޅުނުކަމުގެ  ލިޔެކިޔުންތައް

ސުންގަޑި:

2019 ޖުލައި 18ވާ ބުރާސްފަތި ދުވަހުގެ 15:30ގެ ކުރިން.

ފޯރމް ހުށަހަޅަންޖެހޭ އޮފީސް:  

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. 

އަދި މި ކުންފުނީގެ ވެބްސައިޓް www.port.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. 

ފޯން: 3329339 ފެކްސް: 3325293  އީމެއިލް: hr@port.mv

2019-07-11