ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-BR/1/2019/233 2019/R-1034
ޕަބްލިޝްކުރި ތާރީޚް: 11 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 1321
ސުންގަޑި: 04 އޮގަސްޓް 2019 0000
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކުންފުނި އުވައިލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅައި، އުވައިލުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 2 ވަނަ މާއްދާ (1) ގެ ދަށުން އުވައިލުމަށް ކަނޑައަޅާފައިވާ ކުންފުނިތަކާބެހޭ

އިޢްލާން

ކުންފުނި އުވައިލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅައި،އުވައިލުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 2 ވަނަ މާއްދާ (1) ގެ ދަށުން އުވައިލުމަށް ކަނޑައަޅާފައިވާ ކުންފުނިތަކާބެހޭ

              ގަވާއިދު ނަންބަރު 2019R1034 (ކުންފުނި އުވައިލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅައި، އުވައިލުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ 2 ވަނަ މާއްދާގެ (1) ގެ ދަށުން އަހަރީ ފީ ދައްކާފައިނުވާތީ، އުވައިލުމަށް ކަނޑައަޅާފައިވާ ކުންފުނިތަކުގެ ތެރެއިން، 2002 އިން 2006 ގެ ނިޔަލަށް މިމިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކުގެ ލިސްޓު، މިއިޢްލާނާއިއެކު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާނެއެވެ. އަދި، މި ލިސްޓު މިމިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv  އިން ޑައުންލޯޑުކުރެވެން ހުންނާނެއެވެ.

އިސްވެ ދެންނެވުނު ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން، މި އިޢްލާނާއިއެކު ޝާއިޢުކޮށްފައިވާ އެއްވެސް ކުންފުންޏެއް ހިންގުމަށް ބޭނުންނަމަ، އެކުންފުންޏަކުން ފުރިހަމަކުރަންޖެހޭ އެންމެހާ އިލްތިޒާމްތައް، 4 އޯގަސްޓް 2019 ގެ ކުރިން ފުރިހަމަކުރުމަށްފަހު، އެކަން އަންގައިދޭ ލިޔެކިޔުންތަކާއިއެކު، ކުންފުނި ހިންގަން ބޭނުންވާކަން އަންގައިދިނުމަށް، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޤަރާރެއް ފާސްކޮށް ތިރީގައިވާ އެޑްރެހަށް ހުށަހެޅުމަށް ދަންނަވަމެވެ.

              އަދި، މި އިޢްލާނާއެކު ޝާއިޢުކޮށްފައިވާ ލިސްޓުގައި ހިމަނާފައިވާ އެއްވެސް ކުންފުންޏެއްގެ މައްޗައް، އެއްވެސް ދަރަންޏެއް ނުވަތަ ދަޢުވާއެއް އޮތްނަމަ، ނުވަތަ މިއިން އެއްވެސް ކުންފުންޏަކުން، އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ މިއިން އެއްވެސް ކުންފުންޏެއްގެ މައްޗަށް އެއްވެސް ފަރާތަކުން ހުށަހަޅާ ދަޢުވާއެއް އޮތްނަމަ، ކަމާގުޅޭ ތަފްޞީލު، 4 އޯގަސްޓް 2019 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި މިދެންނެވި ތަފްޞީލު ހުށަހަޅާފައިނުވާނަމަ، ދަރަންޏެއް ނުވަތަ ދަޢުވާއެއް ނެތީކަމުގައި ބަލާނެ ވާހަކަވެސް ދެންނެވީމެވެ.

 

ގަވާއިދު ނަންބަރު 2019R1034 (ކުންފުނި އުވައިލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅައި،އުވައިލުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ ދަށުން ކުންފުނި ހިންގުމަށް އެދި ހުށަހެޅުމަށް ނުވަތަ ކުންފުންޏާބެހޭ މައްސަލަތައް ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮތް:

ސިޓީ އެޑްރެސް ކުރާނީ:

ކުންފުނި އުވައިލުމާބެހޭ އިޢްލާން ނަންބަރު IUL)101-BR/1/2019/233) އާގުޅޭ

ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ހ. ޕެމީލިއާ ބިލްޑިންގް، ބޮޑުތަކުރުފާނު މަގު،

މާލެ، ދިވެހިރާއްޖެ.

              މި އިޢްލާނާއެކު ޝާއިޢުކޮށްފައިވާ ލިސްޓުގައި ހިމެނޭ އެއްވެސް ކުންފުންޏެއްގެ މަޢުލޫމާތު އޮޅުންފިލުވުމަށް ބޭނުންފުޅުވާނަމަ، deregistration@trade.gov.mv  އަށް އީމެއިލް ކުރެއްވުން އެދެމެވެ.   

2019-07-11