ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LID/468/2019/102
ޕަބްލިޝްކުރި ތާރީޚް: 03 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 08:16
ސުންގަޑި: 10 ޖުލައި 2019 14:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތްހޯދުން

ފުވައްމުލަކު އިންޖީނުގެ ބަދަލުކުރުމަށް ދޫނޑިގަމުން ކަނޑައަޅާފައިވާ ދަށިއަޑިއެ މަގާއި އިންވެގެން ބޯޓުޔާޑު ބިމުގެ އުތުރުން އުރީދޫ ބިމާއި އިންވެގެން އޮތް 80,000  އަކަފޫޓްގެ ސަރަޙައްދުގައި ނަމްބަރު ޖަހާފައިވާ ތިރީގައި މިދަންނަވާ ތަކެތީގެ ވެރިފަރާތް ހޯދުމަށް ބޭނުންވެއެވެ.

  • 01 އިން 44 އަށް އަދި 46 އިން 83 އަށް ނަމްބަރު ޖަހާފައިވާ ދިވެހި ރުއްތައް
  • ނަމްބަރު 45 ޖަހާފައިވާ ޖާފާނު ރުއް
  • ނަމްބަރު 84 ޖަހާފައިވާ ނިކަގަސް
  • 85 އިން 127 އަށް ނަމްބަރު ޖަހާފައިވާ ފުނަގަސްތައް

 ވީމާ، މިރުއްގަސްތަކުގެ ވެރިފަރާތެއް ވާނަމަ 10 ޖުލައި 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމަކާއެކު ރުއްގަސްތައް ރަޖިސްޓްރީ ކޮށްފައިވާކަމުގެ ލިޔުމުގެ ކޮޕީއެއް ނުވަތަ މިލްކުވެރިކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އާންމު ޙިދުމަތްތަކާއި ބެހޭބަޔަށް ހުށަހެޅުއްވުން އެދެމެވެ. 

03 ޖުލައި 2019