ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LID/468/2019/107
ޕަބްލިޝްކުރި ތާރީޚް: 03 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 14:54
ސުންގަޑި: 11 ޖުލައި 2019 11:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު "ކަންމައްތެ ޢިމާރާތް" ކުއްޔަށް ދިނުން

ފުވައްމުލަކު ކަންމައްތެ އިމާރާތް (ގެއްމިސްކިތު މަގުން މުޙައްމަދު ޖަމާލުއްދީން ނައިބުތުއްތު މަގަށް ނިކުންނަ ކަންމަތީގައި ހުރި، ކުރިން ގަރާޖެއް ހިންގި ޢިމާރާތް) ކުއްޔަށް ދިނުމާއި ގުޅިގެން ކުރެވުނު މިއިދާރާގެ ނަންބަރ (IUL)468-U03/INDIV/2017/8 (22 ފެބުރުއަރީ 2017) އާއި (IUL)468-U03/INDIV/2018/20 (2 ސެޕްޓެމްބަރ 2018) އިޢުލާނަށް އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިނުވާތީވެ އެޢިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.

ފުވައްމުލަކު ކަންމައްތެ އިމާރާތް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން 11 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ފުވައްމުލަކު ސިޓީކައުންސިލް އިދާރާގެ ލޭންޑް އެންޑް ބިލްޑިންގ ސެކްޝަން (ކުރީގެ މާދަޑު ކައުންސިލް) ގެ މީޓިންގ ރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 16 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 11:00އަށް މިއިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ސާފުކުރަން ޙާޟިރުނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

03 ޖުލައި 2019