ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-CMCR/468/2019/95
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 10:01
ސުންގަޑި: 08 ޖުލައި 2019 14:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތްހޯދުން.

           ފުވައްމުލަކު މުޙައްމަދު ޖަމާލުއްދީން ސްކޫލް ސަރަހައްދުގައި އޮންނަ ދިގުވާނޑު ވިން ގޯއްޗާއި އެމްބާގޯތީގެ ދެމެދުން ހެދުމަށް ހަމަޖެހިފައިވާ  20ފޫޓް މަގުގައި ހުރި ރުއްގަހުގެ ތެރެއިން 01 ން 05 އަށް ނަންބަރު ޖަހާފައިވާ ރުއްތަކުގެ މިލްކުވެރި ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  

           ވީމާ، މިރުއްތަކުގެ މިލްކުވެރިކަމާއިމެދު ޝަކުވާ ކުރާ ފަރާތެއް ވާނަމަ 08 ޖުލައި 2019 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލިއުމަކާއެކު ރުއްތަކުގެ ރަޖިސްޓްރީގެ ކޮޕީ ނުވަތަ މިލްކުވެރިކަން އަންގައިދޭ ލިޔުމުގެ ކޮޕީއާއިއެކު މިއިދާރާ(ކުރީގެ ރަށު އޮފީސް އިމާރާތް) އަށް ހުށައެޅުއްވުން އެދެމެވެ.

02 ޖުލައި 2019