ކުއްޔަށް ދިނުން
ނަންބަރު: 421/IUL/2019/21
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 13:13
ސުންގަޑި: 03 ޖުލައި 2019 13:00
ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގެ ހުޅަނގު ފަރާތުން ބިން ކުއްޔަށް ދިނުން

އިޢުލާން

                                                       ނަންބަރު:421/IUL/2019/21

ބަނދަރުގެ ހުޅަނގު ފަރާތުން ވިޔަފާރި އުސޫލުން ބިން ކުއްޔަށް ދޫކުރުން

 

 މިރަށު ބަނދަރުގެ ހުޅަނގު ފަރާތުން ވިޔަފާރި އުސޫލުން 04 ބިމެއް ކުއްޔަށްދިނުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ކުއްޔަށް ދޫކުރާ ބިންތައް އެކުލެވިގެންވަނީ ތިރީގައި މިދަންނަވާ ވިޔަފާރިތަކަށް ޚާއްސަކޮށްގެންނެވެ.

 

  1. ބިމުގެ ނަންބަރ 01 ( އިމްޕޯޓް މުދާ ވިއްކުން ނުވަތަ ވިޔަފާރީ ގެ އެކިއެކި މަސައްކަތްތަކަށް )
  2. ބިމުގެ ނަންބަރ 02 (އިމްޕޯޓް މުދާ ވިއްކުން ނުވަތަ ވިޔަފާރީ ގެ އެކިއެކި މަސައްކަތްތަކަށް )
  3. ބިމުގެ ނަންބަރ 03 ( އައިސް ޕްލާންޓް އެޅުމަށް )
  4. ބިމުގެ ނަންބަރ 04 ( ސައިހޮޓާ،ކެފޭ،ރެސްޓޯރަންޓް ތަކަށް )

          ވީމާ،މިދެންނެވި ބިންތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބަޔާންކޮށްފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.

 

 

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވުން

03 ޖުލައި 2019  ވާ ބުދަ ދުވަހުގެ 11:00 އަށް

07 ޖުލައި 2019 ވާ އާދީއްތަ ދުވަހުގެ 13:00 އަށް

 

 

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޟިރުނުވާ ފަރާތްތަކުންނާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބް ބަލައި ނުގަނެވޭނެވާހަކަ މަޢުލޫމާތަށްޓަކާ ދެންނެވީމެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.                                                                                                                                                                                                                                                                                                                           

22 ޝައްވާލު 1440

25   ޖޫން  2019

                                                                       

           

                                                           މުޙައްމަދު ވަޙީދު

                                                         ކައުންސިލްގެ ރައީސް

25 ޖޫން 2019