ދިވެހިރާއްޖެ
ނަންބަރު: IUL)MMPRC-PRO/1/2019/39)
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މި ކޯޕަރޭޝާނުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، ސްޓެޓިސްޓިކަލް އެންޑް މާކެޓް އެނަލިސިސްގެ މަސައްކަތް އެއްއަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު: IUL)MMPRC-PRO/1/2019/35) ޢިއުލާނަށް އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ލިބިފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2019 ޖޫން 25 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00އަށް، މިކޯޕަރޭޝަނަށް (ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ހިންގި އިމާރާތުގެ ފުރަތަމަ ފަންގިފިލާ، މަޖީދީ މަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 ޖުލައި 02 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް، އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
15 ޝައްވާލް 1440 ހ.
18 ޖޫން 2019 މ.