ދެންނެވުން
ނަންބަރު: (IUL)199-PLS/199/2019/30
ޕަބްލިޝްކުރި ތާރީޚް: 17 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 0906
ސުންގަޑި: 05 ސެޕްޓެންބަރު 2019 2359
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އިޖުތިމާޢީ ޞިއްޙީ އިންޝުއަރަންސް ސްކީމްގެ ދަށުން ޚިދުމަތްދިނުމަށް ރަޖިސްޓްރީވާ ފާމަސީތަކުން ޢަމަލު ކުރަންޖެހޭ އުސޫލު" ތަންފީޒުކުރުމަށް އިތުރު ވަގުތު ދިނުމާއި ގުޅޭ

"އިޖުތިމާޢީ ޞިއްޙީ އިންޝުއަރަންސް ސްކީމްގެ ދަށުން ޚިދުމަތްދިނުމަށް ރަޖިސްޓްރީވާ ފާމަސީތަކުން ޢަމަލު ކުރަންޖެހޭ އުސޫލު" ތަންފީޒުކުރުމަށް އިތުރު ވަގުތު ދިނުމާއި ގުޅޭ.

14 މެއި 2019 ގައި ގެޒެޓް ކުރެވިފައިވާ "އިޖުތިމާޢީ ޞިއްޙީ އިންޝުއަރަންސް ސްކީމްގެ ދަށުން ޚިދުމަތްދިނުމަށް ރަޖިސްޓްރީވާ ފާމަސީތަކުން ޢަމަލު ކުރަންޖެހޭ އުސޫލު" ގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މި އުސޫލަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އިޖުތިމާޢީ ޞިއްޙީ އިންޝުއަރަންސް ސްކީމްގެ ދަށުން ޚިދުމަތްދޭ ފާމަސީތަކުން، މި އުސޫލުގެ ދަށުން ސްކީމްގެ ޚިދުމަތް ދިނުމަށް ރަޖިސްޓްރީވާ ފާމަސީތަކުގެ ދަފުތަރުގައި އަލުން ރަޖިސްޓްރީ ކުރަންވާނެއެވެ. ނަމަވެސް ޙިދުމަތްދޭ ފަރާތްތަކަށް ލުއިފަސޭހަ ގޮތެއްގައި މިކަން ކުރިއަށް ގެންދިއުމަށް ބޭނުންވާ އިދާރީ ތައްޔާރީތައްވުމުގެ ގޮތުން މި މުއްދަތު އިތުރު 45 ދުވަހަށް (05 ސެޕްޓެމްބަރު 2019 ގެ ނިޔަލަށް) އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

އިޖުތިމާޢީ ޞިއްޙީ އިންޝުއަރަންސް ސްކީމްގެ ދަށުން ޚިދުމަތްދޭ ފާމަސީތަކުން ރަޖިސްޓްރީވުމަށް އެދޭ ފޯމު އާސަންދަ ކުންފުނީގެ ކައުންޓަރުންނާއި، އެ ކުންފުނީގެ ވެބްސައިޓް www.aasandha.mv އިން ލިބެން ހުންނާނެއެވެ.

 

 

 

2019-06-17