މަސައްކަތް
ނަންބަރު: (IUL)341-ADMN/341/2019/34
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 13:22
ސުންގަޑި: 19 ޖޫން 2019 11:30
އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މެނުއަލް އިންސިނިރޭޓަރއެއް ހެދުމާއި ބެހޭ:

މި ކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް އުކުޅަހު ވޭސްޓް މެނޭޖްމެންޓް ސެންޓަރގައި  މެނުއަލް އިންސިނިރޭޓަރއެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

 ވީމާ މި މަސައްކަތް އަމިއްލަތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ޖޫން 2019 ވާ ބުދަ ދުވަހުގެ 11:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހަޅުއްވަން ވާނީ، މި އިދާރާއިން ތަޔާރުކޮށްފައިވާ ބިޑް ހުށަހަޅުއްވާ ފޯމުންނެވެ. މި ދެންނެވި ފޯމް މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ދުވަހު މަޢުލޫމާތު ސާފު ކުރެއްވުމަށް ޙާޟިރުވާ ފަރާތްތަކާއި ހަވާލުކުރެވޭނެއެވެ. އަދި ބިޑް ތައްޔާރު ކުރަންވާނީ ބިޑްތައްޔާރުކުރުމަށް ދެވޭ މަޢުލޫމާތާއި އެއްގޮތަށެވެ. 

މި މަސައްކަތަށް ހުށަހަޅުއްވާ ބިޑް ކެނޑުން އިސްވެ ދެންނެވުނު ގަޑީގައި މި އިދާރާގައި އޮންނާނެއެވެ. އަދި ބިޑް ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު  ފޮނުވިދާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގަންނަވާ ފަރާތްތަކާއި ބިޑް ހުށަހެޅުމަށް ކަނޑައަޅާފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ ބިޑް ބަލައެއް ނުގަނެވޭނެއެވެ.

 ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

13 ޖޫން 2019