މަސައްކަތް
ނަންބަރު: (IUL)A06-HC/2019/03
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 15:27
ސުންގަޑި: 20 ޖޫން 2019 10:00
ހޯރަފުށީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ފުރާޅު މަރާމާތުކުރުން

މި އިޢުލާންވަނީ 27 ޖޫން 2019 13:38 ގައި ބާތިލް ކުރެވިފައެވެ.


މިމަރުކަޒުގެ ގުދަނުގެ ފުރާޅު އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މިމަރުކަޒަށް ދުރުވެ މައުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީހްގައި އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޟިރުގައެވެ.

ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަންބަރު: 2014/18)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން

ހޯރަފުށީ ޞިއްޙީމަރުކަޒު (މީޓިންގް ރޫމް)

މަޢުލޫމާތު ސާފުކުރުން

2019 ޖޫން 20 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި

އަންދާސީ ހިސާބުހުށަހެޅުމާއި ބަލައިގަތުން

2019 ޖޫން 27 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައި

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަންބަރު: 2014/18)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޟިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލްކުރައްވަނީ ކޮން ކުންފުންޏެއް ނުވަތަ ވިޔަފާރިއެއްކަން އެނގޭނޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. އަދި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅެއްގެ މުއްދަތުހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭކާޑު ނުވަތަ ފޮޓޯޖެހި ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ. ކޮންމެ ބޭފުޅަކަށްވެސް ތަމްސީލުކުރެވޭނީ އެއް ކުންފުނި ނުވަތަ ވިޔަފާރިއެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މިކަމާގުޅޭގޮތުން އިތުރުމަޢުލޫމާތު ބޭނުންވެލައްވާނަމަ ރަސްމީގަޑީގައި މިމަރުކަޒުގެ ނަންބަރު 6500064 ފޯނަށް ގުޅުއްވުން އެދެމެވެ.

               ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

09 ޝައްވާލް 1440

12 ޖޫން 2019

12 ޖޫން 2019