ޢާންމު މަޢުލޫމާތު
ނަންބަރު: GS-128/IUL/2019/18
ޕަބްލިޝްކުރި ތާރީޚް: 29 މޭ 2019
ޕަބްލިޝްކުރި ގަޑި: 12:57
ސުންގަޑި: 03 ޖޫން 2019 11:00
މަޑުއްވަރީ ސްކޫލް/ ރ. މަޑުއްވަރީ
ދިވެހިރާއްޖެ
ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް (ދެވަނަ ފުރުޞަތު)

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލްގެ ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމަށް ކުރެވުނު GS-128/IUL/2019/14 (10 މެއި 2019)  އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅުއްވާފައިވަނީ ޝަރުތު ހަމަވާ 1 (އެކެއް) ފަރާތުން ކަމަށްވާތީ، އެ އިޢުލާން ބާތިލުކޮށް މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

 

  1. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 މެއި 30 އިން 2019 ޖޫން 2 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019ޖޫން 3 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019ޖޫން 3 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

 

  1. ބީލަން ހުޅުވުން އޮންނާނީ 2019 ޖޫން 9 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

 

  1. މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.

 

  1. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިޕްރޮގްރާމުގައި ބައިވެރިވުމަށް ނަން ނޯޓް ކުރައްވާ ފަރާތްތަކަށް މިސްކޫލުން ދޫކުރާނެ ވާހަކަ ދެންނެވީމެވެ.

 

  1. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މަޑުއްވަރީ ސްކޫލް

ރ. މަޑުއްވަރި

ފޯން: 7788063

އީ-މެއިލް: [email protected]

29 މޭ 2019