ކުއްޔަށް ދިނުން
ނަންބަރު: (IUL)270/270/2019/8
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2019
ޕަބްލިޝްކުރި ގަޑި: 10:55
ސުންގަޑި: 11 ޖޫން 2019 11:00
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ މަކުނުދޫ ބަންޑާރަ ރުއްތައް ކުއްޔަށް ދޫކުރުމާއިގުޅޭ:

ހދ މަކުނުދޫ ބަންޑާރަ ރުއްތައް ކުއްޔަށް ދޫކުރުމާއިގުޅޭ:

ތިރީގައި މި ބަޔާންކުރާ ރުއްތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް، އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާ ކުރެވުނު އިޢުލާނާއި ( (IUL)270/270/2019/6  ) ގުޅިގެން އެކަށީގެންވާވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީވެ، އެ އިޢުލާން ބާޠިލްކޮށް، އަލުން އިޢުލާން ކުރަމެވެ.

 

  • ·                  ކުއްޔަށް ދޫކުރަން ބޭނުންވާ ރުއްގަނޑު:
  1. މަކުނުދޫ ޖެޓީ ސަރަޙައްދުގައިވާ ރުއްތައް. (ފޯދިފައިވާ 50 ރުއް)
  2. މަކުނުދޫ ރަމްޒީ ދަނޑު (ޒުވާނުން ޖަމްޢިއްޔާ މަރުކަޒު ކުރިމަތި) ރުއްތައް. (ފޯދިފައިވާ 31 ރުއް)
  3. މަކުނުދޫ ރައްޔިތުންގެ ރުއްގަނޑޭ ކިޔޭ ރުއްތައް. އަދި އެކިއެކި ސަރަޙައްދުގައި ހުރި ރުއްތައް. (ފޯދިފައިވާ 86 ރުއް)

 

 

  • ·                  ކުއްޔަށް ދޫކުރަން ބޭނުންވާ މުއްދަތު:

މީލާދީ 4 ( ހަތަރު ) އަހަރު

 

  • ·                  ސުންގަޑި:

 

  1. މައުލޫމާތު ސާފުކުރުން އޮންނާނީ 11 ޖޫން 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައި މަކުނުދޫ ކައުންސިލްގެ އިދާރާގައި
  2. ބީލަން ހުށަހެޅުން އޮންނާނީ 18 ޖޫން 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައި މަކުނުދޫ ކައުންސިލްގެ އިދާރާގައި

 

  • ·                  އިވެލުއޭޓް ކުރުމަށް ޕޮއިންޓް ދެވޭނެ ބައިތައް:
  1. ހުށަހަޅާފައިވާ އަގު             100%

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

ޝުކުރިއްޔާ

23 ރަމަޟާން 1440

28 މެއި 2019

28 މޭ 2019