ދިވެހިރާއްޖެ
ނަންބަރު:FNK-I/IUL/2019/94
އިޢުލާން
ހއ. ކެލާ ބްރާންޗުގައި ކޯރުކޮނެ އެލް.ވީ ކޭބަލް ވަޅުލުމާ ގުޅޭ:
މި ކުންފުނީގެ ހއ.ކެލާ ބްރާންޗުގައި އަލަށް އާބާދުވާ ސަރަހައްދަށް ކަރަންޓުލުމަށްޓަކައި ޑިސްޓްރިބިއުޝަން ފޮށިތަކުން ނެޓްވޯރކް އެކްސްޓެންޑް ކުރުމަށްޓަކައި ކޯރު ކޮނެ ކޭބަލް ވަޅުލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި ކުންފުނީގެ ހއ. ކެލާ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 03 ޖޫން 2019 ވާ ހޯމަަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހއ.ކެލާ ބްރާންޗަށެވެ. ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
21 ރަމަޟާން 1440
26 މެއި 2019