ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)475-Schol/475/2019/72
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2019
ޕަބްލިޝްކުރި ގަޑި: 14:02
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ހައި އެޗީވަރސް ސްކޮލަރޝިޕް 2018

އިޢުލާނު

ހައި އެޗީވަރސް ސްކޮލަރޝިޕް 2018

 

2018 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ހައި އެޗީވަރސް ސްކޮލަރޝިޕަށް ޝަރުތުހަމަވާ ދަރިވަރުން މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ހުޅުވާލަމެވެ. މި ސްކޮލަރޝިޕަށް ޝަރުތު ހަމަވާނީ ދިވެހިރާއްޖޭގެ ސްކޫލުތަކުގެ މަތީ ސާނަވީ އިމްތިހާން 2018 ވަނަ އަހަރުގެ ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން މަދުވެގެން 5A ފާސް ހޯދާފައިވާ ދަރިވަރުންނެވެ. މި 5A ފާހުގެތެރޭގައި އިސްލާމް އާއި ދިވެހި ހިމެނެންވާނެއެވެ. އަދި މި ފާސްތަކުގެ އިތުރުން އޯލެވެލް ނުވަތަ އެއާ އެއްފެންވަރުގެ އިނގިރޭސި ފާހެއް ވެސް އޮންނަންވާނެއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ކިޔަވަން ފުރުޞަތު ހުޅުވާލާފައިވަނީ ތިރީގައި ދަންނަވާފައިވާ ޤައުމުތަކުގެތެރެއިން ޤައުމެއްގައި ކިޔެވުމަށެވެ.

-          ދިވެހިރާއްޖެ

-          ސާރކްގެ އެހެނިހެން ޤައުމުތަށް

-          މެލޭޝިޔާ

-          ތައިލެންޑް

-          ފިލިޕީންސް

-          ޗައިނާ

-          އޯއީސީޑީ ޤައުމުތައް

ސްކޮލަރޝިޕަށް ހުށަހަޅާއިރު، ތިރީގައި މިވާ ލިޔުންތަކާއެކު ސިޓީއެއް ފޮނުއްވުން އެދެމެވެ. ސިޓީ ހުށަހަޅާނީ ވެލާނާގޭ 2 ވަނަ ފަންގިފިލާގައި ހުންނަ މި މިނިސްޓްރީގެ ކައުންޓަރަށް ނުވަތަ މި މިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރައްވައިގެންނެވެ. އީމެއިލްކުރެއްވިނަމަ އެޕްލިކޭޝަން ލިބުނުކަން 3341461 ނަންބަރު ފޯނަށްގުޅުއްވައިގެން ޔަގީންކުރެއްވުން އެދެމެވެ.

 

-          އެކަޑަމިކް ސެޓްފިކެޓްތަކުގެ ކޮޕީ (ދެފުށް ހިމެނޭގޮތަށް)

-          ދަރިވަރުގެ އައިޑީ ކާޑުގެ ކޮޕީ (ދެފުށް ހިމެނޭ ގޮތަށް)

-          ދަރިވަރުގެ ޕާސްޕޯޓް ޑޭޓާ ޕޭޖް ކޮޕީ

-          ޔުނިވަރސިޓީ (ކޯހުގެ) ފީ ސްޓްރަކްޗަރ.

-          އަންކަންޑިޝަނަލް އޮފަރ ލެޓަރ.

-          ޔުނިވަރސިޓީ ޕްލޭސްމަންޓާ ގުޅޭ ލިޔުންތައް.

-          ދަރިވަރުގެ އެކައުންޓް ސްލިޕް.

 

މި ސްކޮލަރޝިޕްގެ އުޞޫލު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv ގައި ވާނެއެވެ. އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ނަންބަރު 3341383/3341461 އިން ލިބިވަޑައިގަންނަވާނެއެވެ.

 

16 މޭ 2019