ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2019/111
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2019
ޕަބްލިޝްކުރި ގަޑި: 13:00
ސުންގަޑި: 20 މޭ 2019 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މިކުންފުނީގެމިދަންނަވާމަޤާމަށްމުވައްޒަފު(ން)ބޭނުންވެއްޖެއެވެ.

މަޤާމް:

ލޭބަރަރ

ބޭނުންވާ ޢަދަދު:

01

އަސާސީ މުސާރަ:

3240.00 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން:

އެސްޓީއޯ 163 (ގއ. ވިލިނގިލި) ފިހާރަ / ޕީޕަލްސް ޗޮއިސް ޑިޕާޓްމަންޓް

އެހެނިހެން އިނާޔަތްތައް

  • އިތުރު އެލަވަންސްގެ ގޮތުގައި 2000.00ރ އާއި 2500.00ރ އާ ދެމެދުގެ ޢަދަދެއް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ލިބޭނެއެވެ.
  • މަތީތަޢުލީމު ހާޞިލް ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމްގެ މަސްއޫލިއްޔަތު

  • ފިހާރައަށް އަންނަ ކަސްޓަމަރުންނަށް އެހީތެރިވުން
  • ކަސްޓަމަރުންނަށް މުދާ ފޯރުކޮށް ދިނުމުގައި އެހީތެރިވުން
  • ފިހާރައިގެ އެތެރެއާއި ބޭރު ފޮޅާ ސާފުކޮށް ބެލެހެއްޓުން

 

ފެންވަރު ނުވަތަ ޝަރުތު

  • އަސާސީ ތައުލީމު ފުރިހަމަ ކޮށްފައިވުން  ނުވަތަ ދިވެހި އަދި އިނގިރޭސި ބަހުން ލިޔަން ކިޔަން އެނގުން
  • މަސައްކަތުގެ ތަޖުރިބާ ހުރި މީހެއްކަމުގައިވުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެމީހަކު ކަމުގައިވުން

 

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2019 މެއި 20 ވާ ހޯމަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން (http://sto.mv/Downloads.aspx) ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

ނޯޓް

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
  • މަތީގައި ދެންނެވިފައިވާ ޝަރުތުތައް ހަމަނުވާ އެޕްލިކޭޝަންތައް ބާތިލް ކުރެވޭނެއެވެ.
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
  • ގުޅޭނެ ނަންބަރު: 3344319 / އީމެއިލް އެޑްރެސް:[email protected]

2019 މެއި 15

15 މޭ 2019