ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HR/PSM/2019/18
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2019
ޕަބްލިޝްކުރި ގަޑި: 12:40
ސުންގަޑި: 21 މޭ 2019 14:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ސީނިއަރ އެގްޒެކެޓިވް ޕްރޮޑިއުސަރ

މަޤާމް :ސީނިއަރ އެގްޒެކެޓިވް ޕްރޮޑިއުސަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

 

 

މަޤާމް

ސީނިއަރ އެގްޒެކެޓިވް ޕްރޮޑިއުސަރ

އަސާސީ މުސާރަ

-/10,500 ރުފިޔާ

ސަރވިސް އެލަވަންސް

-/3,500 ރުފިޔާ

މަޤާމުގެ ރޭންކް

އީ.އެކްސް 4

ބޭނުންވާ ޢަދަދު:

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ޓީވީ ޕްރޮޑަކްޝަން

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

  • މަސައްކަތުގެ ފެންވަރުބަލާ ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އިތުރު 1 އަހަރު ދުވަހަށް އެއްބަސްވުން އާ ކުރެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • މަޤާމުގެ މަސްޢޫލިއްޔަތާއި ގުޅޭ ދާއިރާއަކުން އަންޑަރގްރެޖުއޭޓް ޑިގްރީ އެއް އޮތުމާއެކު 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ ދާއިރާގެ ސެކްޝަންގެ އިސްމަޤާމެއްގައި 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޑިޕާޓްމަންޓުން ކަޑައަޅާފައިވާ އުޞޫލެއްގެ މަތިން ޕްރޮގްރާމް ތައްޔާރުކުރުން.
  • ޕީ.އެސް.އެމްއިން އުފައްދާ ޕްރޮޑަކްޝަންސްތަކުގެ ޕްރީ ޕްރޮޑަކްޝަން، ޕްރޮޑަކްޝަން އަދި ޕޯސްޓްޕްރޮޑަކްޝަންގެ މަސައްކަތްކުރުން.
  • ޕްރޮގްރާމް ސްކްރިޕްޓް ލިޔުމާއި ތަރުޖަމާކުރުން.
  • ސޯޝަލް މީޑިއާގައި ޕްރޮގްރާމް ޕްރޮމޯޓްކުރުމާއި އަޕްޑޭޓްކުރުން.
  • ޕްރީ ޕްރޮޑަކްޝަންއިން ފެށިގެން ޕްރޮގްރާމް ނިމި އާކައިވްކުރުމާއި ހަމަޔަށް ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.
  • އިނޮވޭޓިވް ގޮތްތަކަށް ޕްރޮގްރާމްތައް އުފެއްދުމާއި އަދި ޕްރޮގްރާމް އުފައްދާ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
  • މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު.
  • ދިވެހި އަދި އިގިރޭސި ބަހުން މުޢާމަލާތް ކުރުމުގެ ހުނަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި، ތަޢުލީމީ އެކްރެޑިޓެޑް ސެޓްފިކެޓްތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
  • ޕޮލިސް ރިޕޯޓް
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު  އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2019 މެއި 21 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210، 3000268 އާއި ގުޅުއްވުން އެދެމެވެ.

 

                        10 ރަމަޟާން 1440

15 މޭ 2019