މަސައްކަތް
ނަންބަރު: FNK-I/IUL/2019/086
ޕަބްލިޝްކުރި ތާރީޚް: 07 މޭ 2019
ޕަބްލިޝްކުރި ގަޑި: 12:13
ސުންގަޑި: 14 މޭ 2019 09:30
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ށ. ފޯކައިދޫގައި އައު އިންޖީނުގެއެއް އިމާރާތް ކުރުމާއި ގުޅޭ:

 

ނަންބަރު:FNK-I/IUL/2019/086

 

 

އިޢުލާން

ށ. ފޯކައިދޫގައި އައު އިންޖީނުގެއެއް އިމާރާތް ކުރުމާއި ގުޅޭ:

 

       މިކުންފުނިން ދޭ މަޢުލޫމާތާއި، ކުރެހުމާއި، ބީ.އޯ.ކިޔުއާއި އެއްްގޮތަށް  ށ. ފޯކައިދޫގައި އައު އިންޖީނުގެއެއް އަމިއްލަ ތަކެތީގައި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

       މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 މެއި 2019 ވާ އަންގާރަ ދުވަހުގެ 9:30 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ށ.ފޯކައިދޫ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 މެއި 2019 ވާ އަންގާރަ ދުވަހުގެ 9:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) އަށް ނުވަތަ ށ.ފޯކައިދޫ ބްރާންޗަށެވެ.

       މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި އިޢުލާނާއި ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް، އަންދާސީ ހިސާބު ބަލައިގަންނަ ގަޑީގައި ރިޖެކްޓްކުރެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައި ބާތިލް ކުރުމުގެ ފުރިހަމަ އިޙްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.

              02 ރަމަޟާން 1440

              07   މެއި  2019

            

 

07 މޭ 2019