ޢާންމު މަޢުލޫމާތު
ނަންބަރު: (A)EC-2014/85
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2014
ޕަބްލިޝްކުރި ގަޑި: 1737
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
15 ފެބުރުވަރީ 2014 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލްކައުންސިލްގެ އިންތިޚާބާބެހޭ

އިޢުލާން

2014 ޖަނަވަރީ 18 ވީ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ނ. މިލަދޫގައި ބެހެއްޓި ނ. މިލަދޫ 1 ނަންބަރު ވޯޓުފޮށީގެ ނ. މިލަދޫ ކައުންސިލްގެ ވޯޓު ބާޠިލްކޮށް، ނ މިލަދޫ ކައުންސިލްގެ ވޯޓު ލުން، 2014  ފެބުރުވަރީ 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ކޮމިޝަނުން ނިންމަވާފައެވެ.

އަދި 2014 ޖަނަވަރީ 18 ވީ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އޮބްޒާވް ކުރުމަށާއި، މޮނިޓަރ ކުރުމަށް އަދި މިކައުންސިލަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ މަންދޫބުންނަށް ދޫކުރެވިފައިވާ ފާސް 15 ފެބުރުވަރީ 2014 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ކައުންސިލްގެ އިންތިޚާބުގައި ބޭނުންކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 6 ރަބީޢުލްއާޚިރު 1435

2014-02-06