ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)113-CCD/1/2019/63
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 05 ޖޫން 2019 00:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ރަމްޟާންމަހު ބަނދަރުން މުދާ ދޫކުރުމުގެ ޚިދުމަތް ރޭވިފައިވާ ގޮތާއި، މުދާ އުފުލާ އެއްގަމު އުޅަނދުތައް ބަނދަރަށް ވަދެ ނުކުތުމާއި ގުޅޭ

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ނަންބަރ:(IUL) 202-A/1/2018/31 (15 އެޕްރީލް 2019) އިޢުލާން އާއި ގުޅިގެން، 1440ހ ވަނަ ރަމްޟާން މަހުގައި 01 ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ 07 ދުވަހުގެ ނިޔަލަށް މިކުންފުނިން މުދާ ކްލިއަރ ކޮށްގެން އެއްގަމު އުޅަނދުތައް މުދާ އުފުލުމަށް ހަމަޖެހިފައިވާ ގަޑިތަކާއި، އަދި މިކުންފުނިން މުދާ ދޫކުރުމާއި ގުޅިގެން ދެމުންގެންދާ ޚިދުމަތްތައް ކުރިޔަށް ދާނެގޮތުގެ ފަތްސީލް ޝީޓް ތިރީގައި އެވަނީއެވެ.

              ވީމާ، ދެންނެވިފައިވާ ގަޑިތަކުގައި ޑެލިވެރީ އޯޑަރ ނޯޓުކުރުމަށާއި އަދި އޮންލައިންކޮށް ޝިފްޓިން އަށް ރިކްއެސްޓް ކުރުމަށް ސަމާލުކަން ދިނުމަށާއި، އަދި ގަޑި ފަހަނައަޅާދާފަހުން ނޯޓުކުރުމުން ލިބޭ ގެއްލުމަކަށް މި ކުންފުނިން ޛިންމާ ނުނެގޭނެ ވާހަކަ ދެންނެވީމެވެ.

 

09:15 ން 12:00 ށް

21:15 ން 23:30 ށް

ބަންދު

ހޮނިހިރު–- ބުރާސްފަތި

 

ހުކުރު ދުވަހު

ޑެލިވަރީ އޯޑަރ ނޯޓުކުރުން

200 ޓީއީޔޫސް (ޔޫސަރ އަކަށް 12 ޓީއީޔޫސް)

ބަންދު

100 ޓީއީޔޫ (ޔޫސަރ އަކަށް 6 ޓީއީޔޫސް)

ހޮނިހިރު - ބުރާސްފަތި

ހުކުރު ދުވަހަށް

ބައި ދުވަހަކަށް

އާންމު ޚިދުމަތުގެ ދަށުން ކަނޑާ ސަރަހައްދަށް ގެންދިއުމަށް ނޯޓުކޮށްދެވޭ ކޮންޓެއިނަރގެ އަދަދު

10:00 ން 12:00 (އެކްސްޕްރެސް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެއްދުވަސް ކުރިން ޚިދުމަތަށް އެދި ހުށަހެޅުމުން)

ހޮނިހިރު - ބުރާސްފަތި

އެކްސްޕްރެސް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގޮތް

ފެއްޓޭ ގަޑީ : ހެނދުނު 10:00

ނިންމާ ގަޑި : ހެންދުނު 09:00

ހޮނިހިރު - ހުކުރު

އޮންލައިން ކޮށް ޝިފްޓިން އަށް ރިކްއެސްޓް ކުރަން ފެއްޓޭ ގަޑި އާއި ނިންމާ ގަޑި

ރޭގަނޑު : 21:00 ން 22:00

ހުރިހާ ދުވަހެއްގެ ރޭގަނޑު

ސްޕެޝަލް ކޯޓަރ އަށް ނޯޓް ކުރެވޭ ގަޑި

ރޭގަނޑު 21:00 ން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 09:00 އަށް ( ސިސްޓަމް ހުޅުވާ ގޮތަށް )

ހުރިހާ ދުވަހެއްގެ

ޖެހިގެން އަންނަ ދުވަހަށް އެކްސްޕްރެސްއަށް ނޯޓް ކުރެވޭ ގަޑި

 

ނޯޓް: -   1440ހ ވަނަ އަހަރުގެ ރަމަޟާން މަހު މުދާ ދޫކުރަން ހަމަޖެހިފައިވާ ގޮތަކީ ކޮންޓެއިނަރައިޒް ކާގޯ، ޕެރިޝަބަލް ކާގޯ އަދި ހުރިހާ ބާވަތެއްގެ މުދާ ވެސް ޕޯޓް މަސައްކަތް ކުރާ ހުރިހާ ދުވަހެއްގެ ހެނދުނު 09:15 ން ފެށިގެން މެންދުރުފަހު 14:00 އާއި ހަމަޔަށެވެ. ނަމަވެސް ކަނޑުމަގުން ގެންދާ މުދާ 16:00 އާއި ހަމަޔަށް ކުރިޔަށް ދާނެއެވެ. އަދި ރޭގަނޑު 21:15 ން 01:30 އާއި ހަމަޔަށް ޚިދުމަތް ދޭ ގޮތަށެވެ.

-          ހެނދުނު 09:15 ން ފެށިގެން މުދާ ބަރުކުރާ ލޮރީ، ޕިކަޕް ފަދަ އެންގަމު އުޅަނދުތައް މާލޭ ކޮމާޝާން ހާބަރގެ ނުކުންނަ ގޭޓުން ނުކުންނަ އެންމެ ލަސްގަޑި އަކީ 14:00 އެވެ.

 

-          މި ގަޑި ތަކާއި އެއްގޮތަށް ހުޅުމާޅެ ޓާރިމިނަލް އިން ދެމުން ގެންދާ ޚިދުމަތްތައް ކުރިޔަށް ދާނެއެވެ.

 

-          ކޮންމެ ނަމާދަކަށް ބަންގި ގޮވާވަގުތުން ފެށިގެން 20 މިނެޓްގެ ބްރޭކެއް ނަމާދުކުރުމަށްޓަކައި މުވައްޒަފުންނަށް ދެވޭނެއެވެ. އެހެންކަމުން، ދެންނެވުނު 20 މިނެޓްގައި ދެމުންދާ ޚިދުމަތްތައް މެދުކަނޑާލެވޭނެއެވެ.

25 އޭޕްރިލް 2019