ދިވެހިރާއްޖެ
ހާފިޡުގެ ހުރުމާއި ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ
1440ވަނަ އަހަރު ރަމަޟާންމަހު ގދ. މަޑަވެލީ މަސްޖިދުލް ބަރަކާތު މިސްކިތުގައި ހިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދުކޮށްދޭ ހާފިޡުގެ ހުރުމާއި ކެއުން އަދި ދޮވެއިސްތިރިކޮށްދޭނެ ފަރާތްތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 25 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަގުބާޔާންކޮށް މަޑަވެލީ ކައުންސިލްގެ އިދާރާއަށް އަގު ހުށަހެޅުއްވުން އެދެމެވެ.
އަގުހެދުމުގައި ސަމާލުކަން ދޭންވީ ކަންކަން:
- މުއްދަތު (ރަމަޟާން މަސް ނިމެންދެން)
- އޭސީ ކޮޓަރިއެއް އެޓޭޗް ފާޚާނާއެކު،
- ދޮވެ އިސްތިރި ކޮށްދިނުން
- ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުން (ހާފިޡަކީ އިންޑިޔާގެ ރައްޔިތެއް)
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.