މަސައްކަތް
ނަންބަރު: (IUL)425-A2/1/2019/ 22
ޕަބްލިޝްކުރި ތާރީޚް: 15 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 1523
ސުންގަޑި: 18 އޭޕްރިލް 2019 1300
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް މަރާމާތުކުރުން

              މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް މަރާމާތުކުރުން

             މާލޭ ސިޓީ ކައުންސިލުން ބަލަހައްޓަމުންދާ މިސްކިތްތަކުގައި ކުރަންހުރި މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

             ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލް އިދާރާގެ މައްޗަންގޯޅި އޮފީހަށް ވަޑައިގެން ދެއްވުން އެދެމެވެ.

 

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

18 އޭޕްރީލް 2019

13:30

މާލޭ ސިޓީ ކައުންސިލްގެ އިދާރާ/މައްޗަންގޯޅި އޮފީސް

އަގު ހުށަހެޅުން

22 އޭޕްރީލް 2019

13:30

މާލޭ ސިޓީ ކައުންސިލްގެ އިދާރާ/މައްޗަންގޯޅި އޮފީސް

 

          މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން ބިޑް ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައި ނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައި ޑީ ކާޑުގެ ކޮޕީ އާއި ކުންފުންޏެއްގެ ފަރާތުން ބައިވެރިވާ ނަމަ އެ ކުންފުންޏެއްގެ ފަރާތުން ބައިވެރިވާކަން އެނގޭނެ ލިޔުމެއް އޮންނަންވާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ނަންބަރު 3323901 އަށް ގުޅުއްވުން އެދެމެވެ.

                                                     10 ޝައުބާން  1440

2019-04-15